އިންޑިއާއިން އެސްޓްރާ ޒެނިކާ ކޮވިޝިލްޑް ވެކްސިންގެ ސައިޑް އިފެކްޓްތަކުގެ "ފުނަށް ފީނަން" ނިންމައިފި އެވެ.

ނިއުދިއްލީން މިތަހުގީގުތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ޔޫރަޕުގައި ފެންނަމުންދާ ކޭސްތަކާއި ބައެއް ގައުމުތަކުން އެ ވެކްސިން ދިނުން ހުއްޓާލުމާ ގުޅިގެންނެވެ. ޑެންމާކް، ނޯވޭ އަދި އައިސްލޭންޑުން ވަނީ ވެކްސިން ދިނުން މެދުކަނޑާލާފަ އެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑް ވެކްސިންގެ 28 މިލިއަން ވެކްސިން ޝޮޓް ދީފައިވެ ވެ އެވެ. މީގެ ތެރޭގައި ގިނަ ޝޮޓްތަކަކީ އެސްޓްރާ ޒެނިކާގެ ވެކްސިން ޝޮޓެވެ.

އެސްޓްރާ ސެނިކާ ވެކްސިން އެ ގައުމުގެ ޕޫނޭގައި ހުންނަ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑީއާގައި އުފައްދަ އެވެ.

އިންޑިއާއިން އެތައް މިލިއަން ވެކްސިނެއް އުފައްދައި، 70 އެތައް ގައުމުކަށް ހަދިޔާކޮށްފައިވެ އެވެ. -- އަލް އަރަބިއްޔާ