ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބީދޭސީންތަކެއް ހުއްޓުވައި ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.
އިމިގްރޭޝަނުން ބުނީ މިކަމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ފަސް އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި ނޮވެންބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފަ އެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ ހަތަރު ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ އޮކްޓޫބަރު މަހުވެސް އިމިގްރޭޝަނުން ވަނީ ހަށިވިއްކަމުންދިޔަ ބިދޭސީ ހަތް އަންހެނަކާއި އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓްކޮށްލާފަ އެވެ.
ނިދި ހަމަ ނުވާނަމަ ދަރިމައިވުމަށް އަސަރު ކުރޭތަ؟ މާހިރުންގެ ބަސް!
އެކަނި ކެއުމަށްވުރެ މީހުންނާއެކު ކެއުމުން ސިއްހަތަށް ފައިދާކުރޭ!
"ޕްލާސްޓިކް ލިސްޓަށް ބަދަލު ގެނައީ ދަތިތަކަށް ހައްލު ހޯދައިދޭން"