މިސައިލް ފޮނުވަން އީރާންގެ ރިވޮލޫޝާނަރީ ގާޑުން ބިމު އަޑީގައި ވަރުގަދަ، ބޮޑު ބިން ގަރާހެއް ހަދައިފި އެވެ.

ގާޑްގެ ކޮމާންޑަރު ޖެނަރަލް ހޮސެއިން ސަލާމީ ވިދާޅުވިގޮތުގައި ހޯމަ ދުވަހު އަލަށް ހުޅުވި ބިންގަރާހާއެކު އެ ގައުމުގެ ކްރޫސް މިސައިލާއި ބެލިސްޓިކް މިސައިލްތަކުން ނޭވީ ފޯސްގެ ބާރު ގަދަވާނެ އެވެ.

މި ފެސިލިޓީ ހުންނަ ތަނެއް އަދި ފެސިލިޓީގައި ހިމެނެނީ ކިތައް މިސައިލު ކަމެއް ވެސް ނޭނގެ އެވެ.

އީރާނުން 2011 އިން ފެށިގެން އީރާންގައި ބިމުއަޑީގައި ގިނަ އަދަދެއްގެ ފެސިލިޓީތައް ހަދާފައިވެ އެވެ.

އީރާން އިން ބުނާ ގޮތުގައި އެ ގައުމުގައި 2،000 ކިލޯމީޓަރަށް ދަތުރު ކުރާ މިސައިލުތައް ވެސް އެބަ ހުއްޓެވެ.

އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ދެކޭ ގޮތުގައި އީރާނުގެ މިސައިލް ޕްރޮގްރާމާއި ނިއުކްލިއާ ޕްރޮގްރާމަކީ ނުރައްކަލެކެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން ތެހެރާނުން ވަނީ އެ ގައުމާއި އެހެން ގައުމުތަކުގެ މެދުގައި ހެދިފައިވާ ނިއުކްލިއާ އެއްބަސްވުމުގައިވާ ކަންތައްތަކާ ހިލާފުވެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ދަ ގާޑުން ވަނީ ސްޓްރެއިޓް އޮފް ހޮރުމޫޒްގައި އޮންނަ އެމެރިކާގެ އެއާ ކްރާފްޓް ކެރިއަރެއް ބޭނުންކޮށްގެން އަންޑަގްރައުންޑް ބޮލިސްޓިކް މިސައިލް ލޯންޗުކުރުމުގެ ތަމްރީނު ހަދާފަ އެވެ.

އީރާން އާއި އީރާގްގެ 1980 އަހަރުގެ ހަނގުރާމައަށް ފަހު އީރާނުން ވަނީ އެ ގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ވަރުގަދަ ކޮށްފަ އެވެ.

އިރާނުން އަލަށް ހުޅުވި މި ބިމުއަޑީ ބިންގަރާސްތަކުން މި ހަތިޔާރުތައް ރައްކާތެރިކުރާނެ އެވެ.