މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒު އިތުރުފުޅުހައްދަވަނީ ގަސްދުގައިނޫން ކަމަށާއި އެމަނިކުފާނަށް އިތުރުފުޅު ހެއްދެވެނީ ޖެހިވަޑައިގެންފައި ހުންނެވި އާލާސްކަންފުޅެއްގެ ސަބަބުން ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ދި ޑިމޮކްރެޓުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ ރައީސް މުއިއްޒު ކުރައްވާފައި ހުންނެވި ކަންކަމުގެ ސަބަބުން އެމަނިކުފާނު ފާހަގަކުރެވެނީ ވަރަށް "ކަޓު" ބޭފުޅެއްގެ ގޮތުގައި ކަމަށާއި ކަންކަމުން ސަލާމަތްނުވާން ފެށުމުން އިތުރުފުޅުހައްދަ ހައްދަވަން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކަންކަމުން ސަލާމަތް ނުވާން ފެށީމަ އެކަންކަމުން ސަލާމަތް ވުމަށް އިތުރުފުޅުހެއްދުމަކީ ކުރީ ޒަމާނުގައިކޮށް އުޅުނު ވަރަށް ނާތަހުޒީބު ކަމެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް މާ ގަދަކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒަށް މިހާރު ވެފައި ހުންނެވި ގޮތަކީ، އެހެރީ ވަރަށް ރަނގަޅަށް ސީދަލަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައި ލޭބަލްވެ ވަޑައިގެންފައި ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި މުޅި ދުނިޔެ އަށާއި ރާއްޖެ އަށް މިހާރު ލޭބަލްވެފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ވާހަކަފުޅުތައް ވިދާޅުވަނީ ގަސްދުގައި އިތުރުފުޅުތައް ހެއްދެވުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެން ހުންނެވި އާލާސްކަންފުޅެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"ރައީސް މުއިއްޒު ވާހަކަތައް ވިދާޅުވަނީ ގަސްދުގައި އިތުރުފުޅުހެއްދެވުމަކަށް ނޫން. އެއީ ޖެހިވަޑައިގެންފައިވާ އާލާސްކަންފުޅެއްގެ ސަބަބުން ވާކަމެއް،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ އެކަމަށް ޖެހޭނީ ފަރުވާ ހޯއްދަވަން ކަމަށާއި އެއީ މަލާމާތްކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އާލާސްކަންފުޅަށް ރައީސް މުއިއްޒު އަވަހަށް ސީރިއަސްކޮށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވި އެވެ.
މީގެ އިތުރުން ހަސަން ވަނީ ގާނޫނު އަސާސީ ދިފާއުކުރުމުގައި އެންމެ ތަންކޮޅެއް ވެސް ޑިމޮކްރެޓުން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކަލޯ ހަދާހާ ދޮގު ކާކު ގަބޫލުކުރާނީ؟
ރިޕްލައިދޮގު ހަދާމީހުންނަކީ ﷲ ބާވައިލެއްވި އާޔަތްތަކަށް އީމާން ނުވާ މީހުންނެވެ. އެފަދަ މީހުންނަށް ކައްޒާބު ކިޔުމަކީ މައްސަލައެއް ނޫނެވެ.
ރިޕްލައިވުޒާރާއެއް ހަވާލުކުރޭތޯ އެންމެފުރަތަމަ އިންތިގާލީއޮފީހަށްގޮސް އަދުރޭއަށް އާދޭސްކޮށް ދެފައިގަހިފާ ހެދީމަ އެކަމެއްނުވީމަ އަގަމައްޗަށް މީހަކުފޮޑިއެއް ޖެހީމަ ހުންނަހެންތިހިރީ. މަޖިލީހަށް ނުވަދެވުނީމަ މޮޔަވެގެން ކޮސްގޮވަނީ.
ރިޕްލައިމީނާގެ އަގަ ހައްދު ޖަހަން ފުރަތަމަ ޖެހޭނީ މުސްކުޅިން ބުނެ އުޅޭ ހިސާބަށް ވުރެ ކުރުކޮށް ތިބޭމީހުން ނަކީ ވަރަށް ދޮގުފަތުރަން މަސައްކަތް ކުރާ ބައެއް ކަން މީ އޭގެ ގޮލައެއް ކަންނޭގެ
ރިޕްލައިތިޔަ ވިދާޅުވާ ބަލީގެ ތަފްސީލު ހަދީޘްފުޅެއްގައި އޮވެއެވެ. އެއީ މީހަކު ދޮގުހަދަން ފެށީމާ އެމީހަކު ދޮގު ހަދަމުން ހަދަމުންގޮސް ވަކިވަރަކުން އޭނައަކީ ދޮގުވެރިއެއް ކަމުގައި ﷲ ލިޔުއްވާނެ ކަމުގައެވެ. ޢެގޮތަށް ލިޔުއްވުމުން ދެން އޭނައަކަށް ތެދެއް ނުހެދޭނެ ކަމުގައި ކަޑުއަޅުއްވައެވެ. އެހިސާބަށް އެމީހަކު ދިޔުމުން ދެން އޭނައަށް ތެދެއް ނުހެދޭނެ ކަމުގައި ވެއެވެ. އެހިސާބުން އަމިއްލަ ނަފްސަށްވެސް ދެންހެދޭނީ ދޮގެވެ. މީގެ އަނެއްކޮޅު ތެދުހަދާ މީހާއަށްވެސް އޮވެއެވެ.
ރިޕްލައިދެން މޑޕ ދޮގުހަދަނީ ކިވެޔޯ
ރިޕްލައިވަރައް ރީތިކޮއް މަލާމާތްކުރަން ހަަަސަން އަށް އެގޭނެ
ރިޕްލައިބޭފުޅާވެސް ބެލި މިވެރިކަން އައީމަ ރަގަޅު ވަޒީފާއެއް ލިބޭތޯ.. ވަޒީފާ ހަމަނުޖެހުނީމަ ދައްކާ މޮޅު ވާހަކައެއްތި
ރިޕްލައި