އިންޑިއާގައި އިއްޔެ އެކަނި 28،903 މީހުން ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ފާއިތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޕޮޒިޓިވްވި އެންމެގިނަ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް އިއްޔެ އެވެ. އިއްޔެ އެކަނި 188 މީހުން މަރުވެ، ކޮވިޑްގައި މަރުވި މީހުންގެ އަދަދަ ޖުމްލަ 159،044 އަށް އަރާފައިވެ އެވެ.

އިންޑިއާއަކީ ދުނިޔޭގައި ކޮވިޑް ކޭސްތައް ތިންވަނަ އަށް އެންމެ ގިނައިން ޖެހުނު ގައުމެވެ.

އިންޑިއާގެ މަހަރާޝްޓްރާގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ނެގި ސާމްޕަލްގެ ތެރެއިން 62 އިންސައްތަ ޕޮޒިޓިވްވެ 46 އިންސައްތަ މަރުވެފައިވެ އެވެ. މި ސަރަހައްދަކީ އިންޑިއާގައި މިބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދެވެ.

ސަރުކާރުން ބުނިގޮތުގައި ކޮވިޑް ފެތުރުން މިހާ ބޮޑަށް އިތުރުވެފައި ވަނީ އާންމު އެއްވުންތައް ގިނަވެ، މާސްކު އެޅުމާއި ގައިދުރުކަން ނުބޭއްވުމުގެ ސަބަބުންނެވެ.

އިންޑިއާގައި ކޮވިޑް ފެތުރުން އިތުރުވަމުންދާ ދަޑިވަޅެއްގައި ވެސް އެ ގައުމުން ބުނަނީ އެސްޓަރާޒެނެކާ ވެކްސިން ޖެހުން ހުއްޓާ ނުލާނެ ކަމަށެވެ. ޔޫރަޕުގެ އެތައް ގައުމަކުން މި ވެކްސިންގެ ސަލާމަތާމެދު ސުވާލުކުރަމުން އަންނައިރު އިންޑިއާއިން މި ވެކްސިން ޖެހުން ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިއާއިން ވެކްސިން ދޭން ފަށައިފައި ވަނީ ޖަނަވަރީ މަހުގެ މެދުތެރޭގަ އެވެ. މިހާތަނަށް 36 މިލިއަން ޑޯޒުގެ ވެކްސިން އެ ގައުމުގައި ދެވިފައިވެ އެވެ. މީގެ ތެރޭގައި ގިނައީ އޮކްސްފޯޑްގެ އެސްޓަރާޒެނެކާ ވެކްސިނެވެ. މިވެކްސިންއަށް އެ ގައުމުން އާންމުކޮށް ކިޔާ އުޅެނީ ކޮވިޝީލްޑް އެވެ.

އިންޑިއާގެ ވެކްސިނާ ބެހޭ އެކްސްޕާޓުން ވެކްސިންގެ ރިވިތުރައް ކުރަމުންދާ ކަމާއި އެދި ކަންބޮޑުވާންޖެހޭ ކަމެއް ފެނިފައި ނެތް ކަމަށް އިންޑިއާ ސަރުކާރުގެ ވެކްސިނާ ބެހޭ ކޮމިޓިގެ އިސްވެރިއާ ވިނޯދް ކުމާރް ޕޯލް ވިދާޅުވެފައިވެ އެވެ.

އެސްޓްރާ ޒެނިކާ އަދި ޑަބްލިއުއެޗްއޯ އިން ވެސް ބުނިގޮތުގައި ވެކްސިނާއި ލޭގަޑުވުމާ ގުޅުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

މީގެ އިރުން ޕޯލް ވިދާޅުވާ ގޮތުގައި އިންޑިއާއިން ދަނީ ބާރަތް ބައޯޓެކް އާއި ސަރުކާރުން ހިންގާ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް އިން ހަދާ ވެކްސިނެއް ވެސް ބޭނުން ކުރުމަށް އެ ސަރުކާރުން ދަނީ ރިވިއުތައް ކުރަމުންނެވެ.