ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު ތައުފީގު މިއަދު އައްޔަންކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ފުއާދު ތައުފީޤަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.
ފުއާދު ތައިލެންޑު ސަފީރަކަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަން ދެ ދައުރު ކުރެއްވި ފުއާދުގެ ދައުރު ހަމަވެފައިވަނީ 23 ނޮވެމްބަރުގަ އެވެ. ތައިލެންޑު ސަފީރަކަށް އައްޔަންކުރައްވަންދެން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
ސްޓްރެސް ވުމުން "ބަނޑު ސަކަރާތް" ވަނީ ކީއްވެ؟
ރަސްމާލެ އަބޫދާބީ ކުންފުންޏަކަށް ވިއްކާލައިފި
ބައްސާމް ހިމެނޭހެން ޓެކްސް ނުދައްކާ 33 ފަރާތެއް ހާމަކޮށްފި