ލަންޑަން (21 މާޗު) - މެޗުގެ ފަހުކޮޅު ޖެހި ދެ ލަނޑާއެކު، އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި އެވަޓަން އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުުނު މެޗުގައި ސިޓީގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން އެ ޓީމަށް ލީޑު ހޯދައިދިނީ މެޗުގެ 84 ވަނަ މިނިޓުގަ އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު ކެވިން ޑެބްރޮއިނާ ޖެހީ މެޗުގެ ފަހު މިނިޓުގެ ތެރޭގަ އެވެ.

ސިޓީ ވަނީ ފާއިތުވި ދެ ސީޒަންގައި ވެސް އެފްއޭ ކަޕްގެ ސެމީގައި ވާދަކޮށްފަ އެވެ. އަދި މިއީ ސިޓީ އެންމެ ފަހުން ކުޅުނު 26 މެޗުގެ ތެރެއިން، މޮޅުވި 25 ވަނަ މެޗެވެ.

މެޗަށް ފަހު އެވަޓަންގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނީ މެޗުގެ ބޮޑުބައިގައި އެވަޓަން އިން ވަރަށް ރަނގަޅަށް ސިޓީއާ ވާދަކުރި ކަމަށެވެ. އަދި މި މެޗުގައި ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި މި ވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމާ ވާދަކޮށް، އަހަރަމެން 80 މިނެޓާ ހަމައަށް ވަރަށް ރަނގަަޅަށް ޑިފެންސްކުރި. ސިޓީ އަކީ އާދައިގެ ޓީމެއް ނޫން. ސިޓީ އަކީ އެންމެ ވަރުގަދަ ޓީމު،" އެންޗަލޮޓީ ބުންޏެވެ. – ބީބީސީ