ބްރިޖް ހައިވޭގައި ހުޅުމާލެ އިން މާލެ އައުމަށް ހާއްސަކޮށްފައިވާ ލޭންގައި ހުންނަ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދިނުމަށް ޖަހާފައިވާ ކޯނެއްގައި، ސައިކަލެއްގައި ދިޔަ މީހަކު ޖެހި އެކްސިޑެންޓުވެ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 8:19 ގައި ކަމަށެވެ.
އެކްސިޑެންޓްވި މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 9:05 ގައި ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ނިޔާވެފައިވަނީ ބަނގްލަދޭޝްގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފާއިތުވި އަހަރު ހުޅުމާލެ އާއި މާލެ ގައި އެކްސިޑެންޓުތައް ގިނަވެ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފެށި އެވެ. މިފަދަ ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.
ދެބަފައިންގެ އެކްސިޑެންޓް: ބައްޕަގެ އުންމީދު ކަނޑާލައިފި
އެލްޖީއޭގެ ހަރަދު ބަޖެޓަށްވުރެ 8.92 ޕަސެންޓް އިތުރު
ޑޮލަރު ވިޔަފާރިއާ ގުޅިގެން ނައިޑް ކުންފުނީގެ އެކައުންޓް ފްރީޒް