އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އެ މީހާއަށް އަނިޔާކުރި މައްސަލައެއްގައި 5 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމު 1:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.
އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
މީހަކު ރަހީނުކޮށް ބޮލުން ބައެއް ބާލައި އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަނިޔާކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހުންނާ 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

"ބޯޑާ 2"ގެ ކާމިޔާބަށްފަހު ވަރުން އެކްޓިންއިން ބްރޭކެއް ނަގަނީ؟
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ދީނަށް ފުރައްސާރަ ކުރި އާމިރު ތަހުގީގަށް ހާޒިރެއް ނުވި