ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސުސްކުރާކަމުގެ ތުހުމަތު ކުރެވުނު ދެ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވެއްޖެ އެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ މުވައްޒަފުން ތިބީ އެކަން ފަޅާއެރި ހިސާބުން ސަސްޕެންޑުކޮށްފައި ކަމަށެވެ.
"އެ ދެ މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ވަކިވުމަށް އަމިއްލައަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ މުވައްޒަފުންނަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޑިރެކްޓާ ޖެނެރަލް ހަސަން ފާރިޝް ރަޝީދު އާއި ޑާޓާ ސެންޓާ އިންޖީނިއަރިންގެ ކޮންސަލްޓަންޓު މުހައްމަދު އަދުހަމް މޫސާ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މީހުން ޖާސޫސު ކުރަން ބޭނުންކުރި ސޮފްޓްވެއާ ގަތީ އެ ކޮމިޝަނުގެ މެންބަރުންނަށް އޮޅުވާލައިގެންނެވެ.
އައްޑޫ ކައިރިއަށް 5.2ގެ ބިންހެލުމެއް: ނުރައްކަލެއް ނެތް
ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ހައިކޯޓް މެދުވެރިކޮށް: ފަޒާދު
ގިނަ ކާބޯތަކެތީގެ ސިއްހީ ފައިދާ ކަށަވަރުނުކުރެވޭ: އެމްއެފްޑީއޭ
