ކޮވިޑާ ދެކޮޅަށް އެންމެ ފުރަތަމަ ވެކްސިނެއް އުފެއްދި އެމެރިކާގެ ފައިޒާއިން ކޮވިޑަށް ފަރުވާދެވޭނެ ބޭހެއް އުފައްދައި ފުރަތަމަ ސްޓޭޖްގެ ޓެސްޓްތައް ފަށައިފި އެވެ.

މި އެންޓިވައިރަލް ބޭހަކީ ވައިރަހުގެ އަސަރުތައް ފެންނަ މީހުންނަށް ދެވޭނެ ބޭހެކެވެ. ލެބްގެ ތަހުލީލުތަކުން ދައްކާފައިވާ ގޮތުގައި މި ބޭސް ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރެ އެވެ.

ބޭސް އުފައްދާ އެ ކުންފުނިން ވަނީ ޖަރުމަންގެ ބަޔޯއެންޓެކް އެސްއޭ އާ ގުޅިގެން އެމެރިކާގައި ހުއްދަ ދިން ކޮވިޑްގެ ފުރަތަމަ ވެކްސިން ވެސް ނެރެފަ އެވެ.

ފައިޒާގެ މި ބޭހަކީ ޕްރޮޓިއޭޒް އިންހިބިޓާއެކެވެ. އަދި ވައިރަސް ސެލްތަކުގެ ތެރޭގައި އިތުރަށް ގިނަވުމުން ހުއްޓުވައިދެ އެވެ.

ޕްރޮޓިއޭޒް އިންހިބިޓާތަކަކީ އެޗްއައިވީ އަދި ހެޕިޓައިޓިސް ސީ ފަދަ ވަރަސްތަކާ ދެކޮޅަށް ފަރުވާކުރުމުގެ ގޮތުން ބޭނުން ކުރުމުންގެންދާ އިންހިބިޓާތަކެއް ކަމުގައި ފައިޒާ އިން ބުނެ އެވެ.

ފައިޒާއިން ގަބޫލުކުރާގޮތުގައި މި މޮލިކިއުލްތަކަކީ ކޮވިޑް-19 އާ ދެކޮޅަށް ރަނގަޅު ދިފާއެކެވެ. އަދި މިހާރު ކޮވިޑާ ދެކޮޅަށް ބޭނުންކުރާ ބޭސްތަކުން މި މޮލިއުލް ބޭނުންކުރުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބޭ ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

ފައިޒާގެ ޗީފް މެޑިކަލް އޮފިސަރު މައިކަލް ޑޮލްސެން ވިދާޅުވިގޮތުގައި ފައިޒާއިން ކޮވިޑް-19 އާ ދެކޮޅަށް އުފައްދާ މި ދެ ފަރުވާ، އޯރަލް ތެރަފީ އަދި އިންޓްރާވީނަސް ކެންޑިޑޭޓްސް އެކުއެކީގައި ބޭނުންކުރުމުން ވެކްސިން ޖެހުމަށްފަހު ދެވަނަ ފަހަރަށް ކޮވިޑް-19 ފެނުނު ކަމަށް ވިޔަސް މި ބަލިންއެކީ ފަސޭހަވާނެ އެވެ.

ފައިޒާގެ މި ކެންޑިޑޭޓް އަދި ފުރަތަމަ މަރުޙަލާގެ ޓެސްޓްތަކުގައިވާ އިރު، މާކް އެންޑް ކޯ ވިތް ރިޑްޖްބެކް ބަޔޯ، އަދި ރޯޗް ހޯލްޑިންގް އަދި އެޓިއާ ފާމަސޫޓިކަލްސް އިން އުފައްދާފައިވާ ދެ އޯރަލް އެންޓި ވައިރަލް ތެރަޕީސް ވަނީ އެ ކުންފުނިތަކުން އުފައްދާ ބޭހުގެ ދެވަނަ މަރުހަލާގެ ޓެސްޓްތައް ފަށާފަ އެވެ. މި ދެ އެންޓި ވައިރަލް ތެރަޕީސް ވަނީ ފައިޒާއިން އުފައްދާފައިވާ ކެންޑިޑޭޓަށް ވުރެއް ކުރީގަ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ކޮވިޑް-19 ގެ ފަރުވާއަށް ހުއްދަދީފައިވާ ހަމައެކަނި ބޭހަކީ ގިލީޑް ސައިންސަސް ރެމްޑެސިވިއާ އެވެ.