މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އެއް މަސްދުވަސް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފލްެތު ލިސްތޫ މިއަދު އިއުލާންކުރާ ހިސާބުން އެ ލސިްތާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އޮތް އެއް މަސް ދުވަހުގެ މުއްދަތުގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތަށް ޕޯޓަލްއިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލްއަކުން ޝަކުވާ ހުށަހެޅޭނެ
މިނިސްޓަރު މުއްތަލިބު

މުއްތަލިބު ވިދާޅުވީ ފްލެޓްތައް ދިނުމަށް ކަނޑައަޅާނީ ލިބޭ ޝަކުވާއަށް ބަލައި މިނިސްޓްރީގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ވެސް ދިނުމަށްފަހު ކަމަށެވެ.

މީގެއިތުރުން ލިސްޓް ނެރުމާ އެކު އެއްވެސް މައްސަލައެއް ފާހަގަނުވާ ފަރާތްތަކާ ފްލެޓް ހަވާލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.