ދިރާގުން ރަމަޟާން މަހަށް ހާއްސަކޮށްގެން ތަފާތު ޕްރޮމޯޝަންތަކެއް އަގުހުރި އިނާމުތަކާއެކު ތައާރަފްކޮށްފި އެވެ.
ރަމަޟާން މަހުގެ ހާއްސަ އޮފާތައް އިއުލާންކުރީ ދިރާގުން އިއްޔެ ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ. މި ޕްރެސް ކޮންފަރެންސްގައި، ދިރާގުގެ އޮފިޝަލުންގެ އިތުރުން 12 އަހަރުގެ މިޝާ ވެސް ވަނީ ބައިވެރިވެފަ އެވެ.
އެ ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަމުން މިޝާ ބުނިގޮތުގައި، "މިޝާގެ ރޯދަ ޗެލެންޖް"އަކީ އަދި ސަޕްރައިޒެކެވެ. މި ޗެލެންޖުގައި ހިމެނޭ ކަންތައްތައް ރޯދަމަހުގެ ތެރޭގައި އެނގިގެން ދާނެ ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން މި ޗެލެންޖުގައި ބައިވެރިވެ އިނާމުތައް ހޯދުމަކީ މިޝާގެ ވަރަށް ބޮޑު އެދުމެވެ.
ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވިގޮތުގައި މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް ފައިދާކުރާނެ އަގު ހުރި ގިނަ އިނާމުތަކާއެކު ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި ރަމަޟާން މަހަކީ ވަރަށް ގިނަ ލުއި ފަސޭހަތަކާއި އިނާއަތްތައް ލިބިގެންދާ މަހެއްކަން ފާހަގަކުރައްވައި، މި މަހުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މިޝާގެ ރޯދަ ޗެލެންޖް އެހީ ވެދޭނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގޮތުން މިއަދު ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:
- ކަރާ ފެޅުން: ކޮންމެ ދުވަހަހު ދިރާގު އެޕްގައިވާ ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު. މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނޭ.
- ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
- މެޖިކް ޑޭޓާ: ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސިލެކްޓް ޑޭޓާ އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ ބޯނަސް ޑޭޓާ ހޯދުމުގެ ފުރުސަތު.
- ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ.
- ހިލޭ އައިއެމްއޯ: ދިރާގު އެޕް އިން އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ އައިއެމްއޯ، 90 ދުވަހުގެ މުއްދަތައް. މިއީ، ބިދޭސީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް.
- ޑޮނޭޓް އޮން އެޕް: ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމާފައި. ދިރާގުގެ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް މި ރަމަޟާން މަހު މި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ.
- ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖެއްސުން.
ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށް ގެންދާ ހާއްސަ ކަންތައްތަކުގެ ވާހަކަ ހިއްސާކުރައްވަމުން، ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މި ރަމަޟާން މަހު ވެސް، ދިރާގުގެ ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ކުރިއަށްދާނެ ކަމަށެވެ. އަދި މި އަހަރު ވެސް، ދިރާގާއި މަމްސް އެއިޑް ގުޅިގެން "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވާހަކަ ހިއްސާކުރެއްވި އެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ.