ރޯދަމަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފި އެވެ.
ކޮންމެ ރޯދަ މަހެއްގައިވެސް މުދާ އުފުލުމަށް ވަކި ގަނޑިތަކެއް ކަނޑައަޅާ އުސޫލުން މިފެށޭ ރޯދަ މަހަށްވެސް ގަޑިތައް ހަމަޖައްސައި ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ ގަނޑިތަކުގައި ނޫން ގަނޑިއެއްގައި މުދާ އުފުލާ ނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެ އުޅަނދެއް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ވިޔާފާރި މުދާ އުފުލޭނެ ގަޑިތަކަކީ:
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި.
މުދާ އުފުލޭނީ - ހެނދުނު 9:30 އިން ހަވީރު 4:30 އަށް؛ އަދި ރޭގަނޑު 8 އިން ހެނދުނު 6 އަކަށް
މުދާ އުފުލުން މަނާ ގަޑި - ހެނދުނު 6 އިން 9:30 އަށް؛ އަދި ހަވީރު 4:30 ފެށިގެން ރޭގަނޑު 8 އަށް
ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ބަރު އުޅަނދާއި ހުރިހާ ބާވަތެއްެ މުދާ އުފުލާ އުޅަނދުތަކުގައި:
މުދާ އުފުލޭނީ - ހެނދުނު 6 އިން 4:30 އަށް؛ އަދި ރޭގަނޑު 8 އިން ހެނދުނު 6 އަކަށް
މުދާ އުފުލުން މަނާ ގަޑި - ހަވީރު 4:30 ފެށިގެން ރޭގަނޑު 8 އަށް