ބޮލީވުޑްގެ ކުރީގެ ތަރިއެއް ކަމަށްވާ ސަނާ ޚާންއާއި އޭނާގެ ފިރިމީހާ އަނަސް ސައްޔަދު ގުޅިގެން ރަމަޟާން މަހަށް ހާއްސަ ޔޫޓިއުބް ޝޯއެއް ފަށައިފި އެވެ.

"ރޯނަކް އެ ރަމަޟާން"ގެ ނަމުގައި ސަނާ ފަށާފައިވާ އެ ޝޯއަކީ ރަމަޟާން މަހުގެ މުހިއްމު ކަމާއި އެ މަހާ ގުޅުންހުރި އެކި ކަހަލަ ކަންތައްތައް ހިމަނައިގެން ހުށައަޅައިދޭ ޝޯ އެކެވެ.

އެ ޝޯގެ ފުރަތަމަ އެޕިސޯޑް މިހާރު ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާއިރު ފުރަތަމަ އެޕިސޯޑުގައި އަލި އަޅުވާލާފައިވަނީ ރޯދަ ހިފުމުގެ މުހިއްމު ކަމާއި ފައިދާތަކުގެ މައްޗަށެވެ.

https://www.youtube.com/watch?v=LLoT86HNHw4

އޭގެ އިތުރުން ވެސް ރޯދަ ވީއްލަން ތައްޔާރު ކުރެވޭނެ ތަފާތު ކެއުމެއްގެ ރެސިޕީ ވެސް ސަނާ އަމިއްލައަށް ހުށައެޅި އެ ޝޯގައި ހިމަނާފައިވެ އެވެ.

މީގެ އަހަރުތަކެއް ކުރިން މުނިފޫހި ފިލުވުމުގެ ދާއިރާ ދޫކޮށް މުފްތީއަކާ ކައިވެނިކުރި ސަނާ މިހާރު އަންނަނީ އެކި ގޮތްގޮތުން އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރު ކުރަމުންނެވެ.

ސަނާއާއި އަނަސްގެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު އެމީހުންގެ ދިރިއުޅުން ސޯޝަލް މީޑިއާގައި އާއްމުންނާ ހިއްސާ ކުރެ އެވެ.