ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ މައްސަލަ ބަލާ ކޮމިޓީން އެޓާނީޖެނެރަލް އަހްމަދު އުޝާމް އިސްތިއުފާދެއްވައިފި އެވެ.
އުޝާމް އެ ކޮމިޓީން އިސްތިއުފާދެއްވީ އޭނާ އަކީ ނަޒާހަތްތެރި ބޭފުޅެއްކަން އާންމުންނަށް ދެއްކުމުގެ ގޮތުންނެވެ. މަސްލަހަތު ފުށުއަރާ މައްސަލައެއް އޮއްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރަން އުޝާމް ވޯޓު ދެއްވުމުން ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފާޑިޔާރުން ވަކިކޮށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ބޭފުޅުން އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ އުޝާމެވެ.
މައްސަލަ ބަލާ ކޮމިޓީގައި އުޝާމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރި އަލީ އަބްދުއްލަތީފެވެ.
އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.
ސުވާލާއި ޖަވާބު: ނިދާ ހެދުމުގައި ނަމާދު ކުރެވިދާނެތަ؟
ރެފަރަންޑަމާ ދެކޮޅު ހަދައި މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި
ކަފާލާތުގެ ދަށުން ރާޖްޕާލް މިނިވަންވެއްޖެ
