ގދ. ތިނަދޫން ފަސް މީހަކު ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

ތިނަދޫން ޕޮޒިޓިވްވީ ރޯގާގެ އަލާމާތްތައް ހުރި މީހެއް ކަމަށް ވެސް އެޗްއީއޯސީން ބުނެފައިވެ އެވެ.

އެ ސެންޓަރުން އިތުރަށް ބުނެފައި ވަނީ ތިނަދޫން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެ މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަތުމަށާއި ތަހުގީގުކުރުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމަށް ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަން ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވަމުން އަންނައިރު މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭއީން އަންނަނީ ލުއި ދެމުނެވެ. އަދި އެޗްޕީއޭއިން އަމަލު ކުރަމުން ގެންދާ ގޮތާމެދުގައި ރައްޔިތުން މެދުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.