އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖަހައިފި އެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ އެމްޑީޕީގެ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށް ހެލްމެޓް އަޅައިގެން ތިބި ބައެކެވެ.
މިކަމާ ގުޅޭގޮތުން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަންދީ ބުނީ އެމްޑީޕީއަށް ނިސްބަތްވާ މީހަކަށް ރާއްޖޭގައި ހިމާޔަތާއި ރައްކާތެރިކަން ނެތްކަން މިއަދު ފެންނަމުންދާ ކަމަށެވެ.
މަންދީ ބުނީ އަބަދުވެސް އޭނާ އަކީ އެކަނި ގެއަށްދާ މީހެއް ކަމަށާއި ދުވަހަކު ވެސް މިފަދަ ކަމެއް ދިމާވެފައިނުވާ ކަމަށެވެ.
ކަޅުތެޔޮގެ ހަމަލާއެއް މަންދީއަށް ދީފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކު ވޭޕް ކުރުމުން ކަމަށް އޭނާ ބުނެފައި ވަނިކޮށެވެ.
އެ ވާހަކަ އާ ގުޅިގެން ކުޑަކުއްޖެއްގެ ކަރާމާތް ނަގާލީ ކަމަށް ބުނެ މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ހިންގަމުންނެވެ.
ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް
ދިރާގުޕޭއާއި ޝީޝާ ގުޅިގެން އެއާ ބްލޭޑް ސައިކަލެއް
ދިރާގު މާލެ އޯޕަން 2026: ރަޖިސްޓަރ ކުރުން ހަމަވަނީ
