ހުރިހާގެ "ރޯދަ މަލާފަތް" ސެގްމެންޓްއަކީ ކިޔުންތެރިންނާ ހަމައަށް މި ރޯދަ މަހު ތަފާތު ރަހަމީރު ކެއުންތައް ގެނެސްދިނުމުގެ ބޭނުމުގައި ގެނެސްދޭ ސެގްމެންޓެކެވެ.

ފުފޫއަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި އާއްމު ބާވަތަކަށް ވާއިރު އާއްމުކޮށް ފުފޫ ބޭނުން ކުރެވޭ ދެތިން ގޮތެއް އޮވެ އެވެ. އޭގެ ތެރެއިން ވެސް ފުފޫ ކަނދިއަކީ އެންމެ މަގުބޫލު ކެއުމެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ފުފޫ (ކުދިކޮށް ކޮށާފައި)
  • 4 ޖޯޑު ފެން
  • 3 މޭޒުމަތީ ސަމުސާ ހަނޑޫ ފުށް
  • 1/2 ޖޯޑު ހަކުރު
  • 1 ރާނބާ ފަތް (6 އިންޗި)
  • 1/2 ޖޯޑު ބޯކިރު
  • 1 މޭޒުމަތީ ސަމުސާ ފިނިފެން

ތައްޔާރު ކުރާނެ ގޮތް

  1. 1/2 1 ޖޯޑު ފެން ބޮކިޖަހާ ކެކެންދެން ކެއްކުމަށްފަހު ކެކިގަތުމުން ކޮށާފައި ހުރި ފުފޫކޮޅު އަޅައި މަޑުވަންދެން ކައްކާށެވެ. ރަނގަޅަށް މަޑުވުމުން ފެންފޮދު ފުރޭނުމަށްފަހު އެއްފަރާތް ކުރާށެވެ.
  2. ފުފޫ މަޑުކުރި ތެލީގެ ތެރެއަށް އިތުރު 2 ޖޯޑު ފެން އެޅުމަށްފަހު ހަކުރާއި ރާނބާފަތް ލައި ކައްކާށެވެ.
  3. 1/2 ޖޯޑު ފެނަށް ހަނޑޫ ފުށްކޮޅު އެއްކޮށް ރަނގަޅަށް ގިރާލުމަށްފަހު އެއްފަރާތް ކުރާށެވެ.
  4. ފެން ތެލި ކެކެން ފެށުމުން ފުފޫ ކޮޅާއި ހަނޑޫފުށް އެޅުމަށްފަހު މަޑު ގިނީގައި އޮލަ ހިފަންދެން ކައްކަމުން ގެންދާށެވެ. މިގޮތަށް ކައްކާއިރު ހަލަމުން ގެންދާށެވެ.
  5. ރަނގަޅަށް އޮލަވުމުން ބޯކިރުކޮޅު އަޅައި އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލައި ފިނިފެން އަޅައި އެއްކޮށްލާށެވެ.