ތުރުކީގެ ކުންފުންޏަކާއި ގުޅިގެން ރާއްޖެއަށް މިސައިލްތަކެއް ގަންނަން އުޅޭ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ވިޒިލް ބްލޯވާ އެކައުންޓުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ މިކަން ހާމަކޮށް ދިގު ޕޯސްޓެއް ލިޔެފަ އެވެ.
އެ އެ އެކައުންޓުގައި ބުނެފައިވާ ގޮތުން ރައީސް މުހައްމަދު މުއިއްޒު ވަނީ ތުރުކީއިން މެދު ރާސްތާގެ މިސައިލްތަކެއް ގެންނެވުމަށް ނިންމަވާފަ އެވެ. މިކަމަށް މިއަހަރުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ހޭދަކުރައްވަން ނިންމަވާފައި ވާކަމަށްވެސް އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މިސައިލް ގަތުމުގެ މަޝްވަރާއަށް މީގެ ދެތިން ހަފްތާ ކުރިން، އާރަށުގައި ރައީސް މުޢިއްޒު ތުރުކީގެ ފަރާތަކާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެފަރާތުން ހުށަހެޅީ އިންސްޓޯލްމަންޓް އުސޫލުން ކުރިއަށް ގެންދިއުމަށް ކަމަށް ކުރުސީ ބުނެފައިވެ އެވެ. މިވަގުތު މަދު އަދަދެއްގެ މިސައިލްތަކެއް ގެނައުމަށް ރައީސް ނިންމެވާނަމަ ފައިސާ ދެއްކުމުގެ މުއްދަތު 1 އަހަރުން 2 އަހަރަށް އިތުރުކޮށްދޭނެ ކަމަށް ހުށަހަޅާފައިވާ ކަމަށް ވެސް ކުރުސީ ބުނެފައިވެ އެވެ.
މިސައިލް ގަތުމުގެ ޕްރޮކިއުމަންޓް މުއާމަލާތް ކުރާނެކަމަށް ބެލެވެނީ ދާދިފަހުން ކެބިނެޓުން ފާސްކުރި ސިންގަލް ސޯސް މެތަޑްގެ ދަށުންނެވެ.
މާކެޓުގައި އެއް މިސައިލެއްގެ އަގަކީ 600،000 އެމެރިކާ ޑޮލަރު ކަމަށް ލަފާކުރެވެ އެވެ. ރައީސް މުއިއްޒު ނިންމަވާފައިވަނީ ފުރަތަމަ ބުރުގައި 35 މިސައިލް، އަގު ބޮޑުކޮށް ގަތުމަށް ކަމަށާއި މިއީ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާއާ އެއްވަރުގެ އަދަދެއް ކަމަށްވެ އެވެ. މިހާރު ފިނޭންސް މިނިސްޓްރީން މިކަމަށް ބަޖެޓް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ގޮތްނޭނގޭ ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކުރުމަށް އަނެއްކާވެސް ސަރުކާރުން ތައްޔާރުވަމުން ދާއިރު، ބެލެވޭ ގޮތުގައި މިފަދަ ޑީލްތަކުގެ ބޭނުމަކީ ރައީސް މުއިއްޒުގެ ވެރިކަން ދެމެހެއްޓުމާއި ކެމްޕޭނުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ތުރުކީވިލާތުން ވަނީ ބޮޑު އަގުގައި ޑްރޯތަކެއް ވެސް ގެނެސްފަ އެވެ. ނަމަވެސް އެ ޑްރޯންތަކުގެ ބޭނުން މާބޮޑަށް ކުރާތަނެއް ނުފެނެ އެވެ. އެކަމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައި ވާ ކަމުގެ ތުހުމަތުތައް އެދުވަސްވަރު ކުރެވުނެވެ.
ކުރުސީ ތީވަހީބާވާލައްވާ. މީހެއް. ތަ.
ރިޕްލައި