ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނީ މަރުވީ ސ. މަރަދޫ، ފޯ ފްލާވާ، އުމުރުން 23 އަހަރުގެ އިބްރާހީމް ޝަމްވީލް ކަމަށެވެ،

ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު 4:20 ހާއިރު އެ މީހާ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނު ކަމަށެވެ. އަދި ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔުމުން 4:55 ގައި އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ.

މަރުވި މީހާ އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި އެއް އަހަރާއި ހަމަސް ދުވަހުގެ ޙުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެއް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އޭނާ އަމިއްލައަށް މަރުވުމާއެކު، ވަގުތުން އެ ކަން އަންގަންޖެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.