އީދު ދުވަސް ދުވަހު އީދަށް ހާއްސަކޮށް އެވޭލާ ޒަމާނު ވަރަށްމީރުކޮށް ބަތްގަނޑެއް ކައްކާނެ އެވެ. އަވަށްޓެރިންނަށް އޭގެ ބަތް ތަށްޓެއް ދިއްކޮށްލުމަކީ އެޒަމާނުގެ އާދަ ކާދައިގެ ތެރޭގައި ހިމެނޭ ރީތި އާދައެކެވެ.

މިބަތްގަނޑު ކުޑަކޮށް ތަފާތުކޮށް ތަފާތު ނަންނަމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ހުރިހާ ރަށެއްގެ މީހުންވެސް ތައްޔާރު ކުރެ އެވެ. ތިރީގައި މި ހިއްސާ ކޮށްލަނީ އެ ބަތްގަނޑުގެ ރެސިޕީ އެކެވެ.

ބޭނުންވާ ތަކެތި

  • 1 ކިލޯ ހަނޑޫ
  • 1/2 ކިލޯ ކުކުޅު (ރިހަޔަށް ކޮށާވަރަށް ކޮށާފައި)
  • 1މޭޒުމަތީ ސަމުސާ ފުނޑާފައި ހުރި ހިކިމިރުސް
  • 2/1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 ސައިސަމުސާ މުގުރި ދިރި
  • 1/2 ޖޯޑު ފުނޑާފައިހުރި ހަަނާކުރި ހަވާދު
  • 4 މޭޒުމަތީ ސަމުސާ ގިތެޔޮ
  • 10 ރާނބާފަތް ކޮޅު
  • 2/1 އިންޗި އަށް ބުރިކޮށްފައި ހުރި 4 ލޮނުމެދު (ގާނާފައި)
  • 1 ފަޅި ގިތެޔޮމިރުސް (ކޮށާފައި)
  • 3 ޖޯޑު ފިޔާ (ކޮށާފައި)
  • 3 ހިކަނދިފަތް
  • 3 ޖޯޑު ކާށި ބޯކިރު
  • 1 ލުނބޯ
  • 1 މޭޒުމަތީ ސަމުސާ އިނގުރު (ޗިސްކޮށްފައި)
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • 1 ސައި ސަމުސާ މުގުރި ފޮނިތޮށި
  • 1 ސައި ސަމުސާ ކާފޫރުތޮޅި
  • ރީނދޫކޮޅެއް (ކުލަހިފާވަރަށް)
  • 2 ޖޯޑު ކަނަމަދު އަދި ހިކިމޭބިސްކަދުރު (ތެލުލާފައި) ބޭނުން ވައްތަރެއްގެ ނަޓެއް ވެސް ބޭނުން ކުރެވިދާނެ
  • 10 ފެނުކެއްކި ބިސް މަތީގައި އެތުރުމަށް
  • 3 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 މޭޒުމަތީ ސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ހަނޑޫކޮޅު ދޮވެލާށެވެ.
  2. ރީނދޫކޮޅަކާއި ލޮނުކޮޅެއް ލުމަށްފަހު އެތެރެ މަޑުކޮށް ބޭރަށް މަޑު މުށިކުލައެއް އަރަންދެން ކުކުޅުތައް ތެލުލުމަށްފަހު އެއްފަރާތް ކުރާށެވެ.
  3. ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ. ތެލި ހޫނުވުމުން ގިތެޔޮކޮޅު އަޅާލާށެވެ . ގިތެޔޮކޮޅު ހޫނުވުމުން 1 ހިކަނދިފަތް 5 ރާނބާފަތްކޮޅު 1 ފިޔާ މުށްވަރު އަޅާލުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން މޯޅިކޮށްފައި ދޮވެފައި ހުރި ހަނޑުލާއި ކުޑަ ލޮނުކޮޅެއް އެއްކޮށްފައި ހަނޑޫ ގަނޑު ކުޑަކޮށް ހަނާކޮށްލާށެވެ.
  4. ހަނޑޫގަނޑު މަތީގައި އަތްތިއެޅީމަ އަތްތިލަ ފޮރުވޭ ވަރަށް 1 ޖޯޑު ކިރާއި ފެން އަޅާފައި ކައްކާށެވެ. ކުލަ ހިފާވަރަށް ރީނދޫކޮޅެއް ވެސް އެއްކޮށްލާށެވެ.
  5. އެހެން ތެއްޔެއް އުދުންމައްޗަށް އުދާލާފައި ތެޔޮފޮދެއް އަޅާލާށެވެ. ބާކީހުރި ފިޔާ، ރާނބާ، ހިކަނދިފަތް، ކުޑަކުޑަ ރީނދޫކޮޅެއް، ގިތެޔޮމިރުސް އަދި ކުޑަ ލޮނުކޮޅެއް އަޅައި ރަނގަަޅަށް ހަނާވަދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.
  6. ލޮނުމެދު، އިނގުރު، ދިރި، މުގުރި އަސޭމިރުސް، މުގުރި ފޮނިތޮށި އަދި ކާފޫރުތޮޅި އެއްކޮށްލާށެވެ. ރަނގަޅަށް ހަނާވުމުން ހަވާދު ފުނޑާފައި ހުރި ހިކިމިރުސް ކާށި ބޯކިރު އަޅާފައި ހުތްފޮދުވެސް އެއްކޮށް ލާށެވެ .
  7. ހަވާދުކޮޅު ރޯފިލުމުން ކުކުޅު ކޮޅު އެއްކޮށްލާފައި ރަހަ ހިފާވަރަށް މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާށެވެ.
  8. ރޯފިލައި ބަތް ތެލި މަތިން ފެންހިދުމުން ބަތްގަނޑާއި އެބައި އެއްކޮށްފައި އެއްކޮށް ފެން ހިނދެންދެން ބަހައްޓާށެވެ.
  9. ބަތްގަނޑު އުނދުންމަތިން ބާލާފައި ބޮޑު ތަށްޓަކަށް އަޅާފައި މަތީގައި ބިސް އަތުރާފައި މައްޗަށް ހަނާކޮށްފައި ފިޔާ ހިކިމޭބިސްކަދުރު ކަނަމަދު ނުވަތަ ނަޓް ބުރުވާލާށެވެ.
އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގެ މަޝްހޫރު ޝެފް ޖުވޭރިޔާ ވަޖުދީގެ ރެސިޕީއެކެވެ.