ހުޅުމާލެ މަސްޖިދު އަޒީޒާ މޫސާ މިސްކިތުގެ އިމާމު ފަސް އަހަރު ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އީދު ނަމާދު ކުރަން ހަމަޖެއްސި އިމާމާއި ބަދަލުގައި ހަމަޖެއްސި އިމާމު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ފަސް އަހަރު ވަންދެން ޚުތުބާ ނުކިޔޭގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އިމާމަކު ނުދިޔުމުން އަޒީޒާ މިސްކިތުގައި އިމާމުވެ އީދު ނަމާދުކުރީ އެ މިސްކިތަށް ނަމާދަށް ދިޔަ ބިދޭސީއެކެވެ. އަދި އީދު ޚުތުބާ ކިޔާފައި ވަނީ އަރަބި ބަހުންނެވެ.
ޝަހީމް ވިދާޅުވީ އީދު ނަމާދު ކުރަން ބަދަލުގައި ހަމަޖެއްސި އިމާމަކީ އެ މިސްކިތުގެ އަސްލު އިމާމު ކަމަށެވެ. އެހެންވެ، އޮންނަ އުސޫލުގެ ތެރެއިން އޭނާގެ މައްސަލަ ބަލަން ކަމާބެހޭ ސެކްޝަނަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވަނީ އިމާމު ކަމުގެ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.
މީޑިއާތަކަށް ފިޔަވަޅު އެޅުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އަދަދު ނޫހަށް ވަދެއްޖެ
12 ގަޑިއިރު ތެރޭގައި އެއް އާއިލާގެ 4 މީހުން މަރުވެއްޖެ
