ފިޠުރު އީދު ފާހަގަކުރަން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއެކު ހަވާއަރުވައިފި އެވެ.
ސެންޓްރަލް ޕާކްގައި މިރޭ އޮތް ހަރަކާތްތައް ބެލުމަށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން އެއްވި އެވެ.
ދިވެހީން ފަލަސްތީނާއެކު ތިބިކަން ދެއްކުމަށްޓަކައި ފަލަސްތީނުގެ ދިދަ ވެސް ޑްރޯން ޝޯގައި ދައްކާފައިވެ އެވެ.
އީދު ފާހަގަކުރަން މާލޭގައި ވެސް މިއަދު ވަނީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ. އެމްއެންޑީއެފް އިން އިސްނަގައިގެން ސަރުކާރުގެ އެކި ކުންފުނިތަކާއި އެކި މިނިސްޓްރީތައް ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދާއި ސަލްޓަން ޕާކްގައި ބޭއްވި ކުޅިވަރުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ.
ގިނަ ބައެއްގެ އެދުމުގެ މަތިން އީދު ކުޅިވަރުތައް ހޯމަ ދުވަހާއި އަންގާރަދުވަހު ވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އެސްއޯއީތަކުގެ މުވައްޒަފުން ޕީއެންސީއަށް ސޮއި ކުރަން އަންގަނީ
މިދިޔަ މަހު ޓޫރިޒަމަށް 2.1 ޕަސެންޓްގެ ކުރިއެރުމެއް
"މެއިނޭ ޕްޔާރް ކިޔާ"އަށްފަހު ސަލްމާނަށް ފިލްމެއް ނުލިބުނީ ކީއްވެ؟
