ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު ހުށަހެޅުއްވި، ފައިސާ ޗާޕުކުރުމާ ގުޅޭ ގަރާރު މިއަދު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މި ގަރާރު ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާ އެކުގަ އެވެ. އެގޮތުން ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވީ ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. އަދި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންނެވެ.
ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި އޭނާ ވަނީ ހުޅުމާލެއިން ބިން ގަތުމުގެ ނަމުގައި ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތުކުރައްވާފަ އެވެ. ގަރާރުގައި އެދިފައިވަނީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހޯދުމަށެވެ.
މި ގަރާރާ ގުޅިގެން މިއަދު މަޖިލީހުގައި ބަހުސް ކުރެވިފައިވާއިރު، ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ހުޅުމާލެއިން ބިން ގަތުމުގެ ނަމުގައި ސަރުކާރުން 15 ބިލިއަންއެއްހާ ރުފިޔާ ޗާޕު ކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފަށް ކުރާ އަމަލެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް ވެރިކަން ހިންގާ ޕީއެންސީގެ މެންބަރުން ރައްދުގައި ވިދާޅުވިގޮތުން ގަރާރު ހުށަހަޅާފައި ވަނީ "ދޮގު ވާހަކަތަކެއް" ހިމަނައިގެންނެވެ. އަދި ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ނުކުރާ ކަމަށް ވެސް އެ ޕާޓީގެ މެންބަރުން ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގައި ހޫނު ބޫނު ބަހުސްތަކެއް ކުރެވުނު ނަމަވެސް، މަޖިލީހުގެ އަގުލަބިއްޔަތު އޮތް ޕީއެންސީން ވޯޓު ދީގެން ގަރާރު ވަނީ ބޭރުކޮށްލާފަ އެވެ.
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
