މިއަދު ގަސް ކެނޑުމަށް ބޭނުންކުރާ ޗެއިން ސޯ، ނުވަތަ ކަރަންޓު ކީސް އަސްލު އުފައްދާފައި ވަނީ ވިހެއުމަށް ކަމަށް ތާރީހީ ލިޔުންތަކުން ހާމަވެއްޖެ އެވެ.
18 ވަނަ ގަރުނުގެ ފަހުކޮޅު ސްކޮޓްލެންޑްގެ ދެ ޑޮކްޓަރުން ކަމަށްވާ ޖޯން އެއިޓްކެން އަދި ޖޭމްސް ޖެފްރޭ އަކީ މި އާލާތުގެ ފުރަތަމަ ނަމޫނާ ތައްޔާރުކުރި ދެ މީހުންނެވެ. އެ ދުވަސްވަރު މި އާލާތް އުފެއްދީ ސިމްފިސިއޮޓޮމީ އާއި ބަލިޖެހިފައިވާ ކަށިތައް ނެގުމަށެވެ.
ޕިއުބިކް ސިމްފިސިސް ކިޔާ ގުނަވަން (ވަލްވާގެ މަތީގައިވާ ކަށީގެ ގުޅުން) ވަކިކުރުމަށް މި އާލާތް ބޭނުންކޮށް އުޅުނު އިރު މިކަން ކުރަނީ އުނަގަނޑު ތަންކޮޅެއް ފުޅާކޮށްލައި، ވިހެއުން ފަސޭހަކުރުމަށެވެ.
ފުރަތަމަ އުފެއްދި ޗެއިންސޯ އަކީ ގަޑީގެ ޗެއިނެއްގައި ކުދި ދަތިތަކެއް ހަރުކޮށްގެން، އަތުން އަނބުރާލައިގެން ބޭނުންކުރެވޭ އާލާތެކެވެ. 19 ވަނަ ގަރުނުގައި މި އާލާތް އިތުރަށް ތަރައްގީކޮށް، މެޝިނުން ހިންގޭ ގޮތަށް ބަދަލުކުރެވުނެވެ.
ނަމަވެސް، އޭގެ ފަހުން ގިގްލީ ޓްވިސްޓެޑް ވަޔާ ސޯ ކިޔާ އާލާތެއް ބޭނުންކުރަން ފެށުމާ ގުޅިގެން، ޗެއިން ސޯގެ ބޭނުން ބަދަލުވެގެން ދިޔަ އެވެ. މިގޮތުން 1905 ވަނަ އަހަރު ކަރަންޓު ކީސް، ގަސް ކެނޑުމަށް ބޭނުންކުރަން ފެށި އެވެ.
މިހާރު ވިހެއުމަށް ބޭނުންކުރާ ވަސީލަތްތައް ކުރިއަރައި، އެކަށީގެންވާ ސާފުތާހިރުކަން ބެލެހެއްޓުމާއެކު، ވިހެއުމަކީ ކުރީގެ ނިސްބަތުން މިހާރު މާ ރައްކާތެރި ކަމެއްކަމަށް ޑޮކްޓަރުން ބުނެ އެވެ. މިގޮތުން ތަދު ކަނޑުވާ ބޭސްތަކާއި އެހެނިހެން ޒަމާނީ ވަސީލަތްތައް ބޭނުންކުރެވެ އެވެ.
 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					