ރޯމަނުންގެ ޒަމާނުގައި، އެމީހުން މީހުންނަށް އަދަބު ދިނުމުގައި ބޭނުންކުރީ އެންމެ އަނިޔާވެރި އަދި އިހާނެތި ގޮތްތައްކަން ނޭނގޭނެ މީހަކު މަދުވާނެ އެވެ.

އެގޮތުން، ކުށްވެރިޔާއަށް ފުރަތަމަ ތަޅައި އަނިޔާކުރުމަށްފަހު، ދިރޭ ކުއްތާއެއް، ހަރުފައެއް، މަކުނެއް ނުވަތަ ކުކުޅަކާ އެކު ގޯންޏަކަށް ލައި، ބަންދުކޮށް، ކަނޑަށް އެއްލާލަ އެވެ.

މި އަނިޔާވެރި އަދަބު ތަންފީޒުކުރުމުގައި، ކުށްވެރިޔާ އެކި ބާވަތުގެ ޖަނަވާރުންނާއެކު ގޯންޏަކަށް ލެވުމުން، އޭނާއަށް ދިމާވާ ވޭނާއި ނަފްސާނީ އަނިޔާގެ މިންވަރު ވަރަށް ބޮޑުވެ އެވެ. މީގެ އިތުރުން، ކަނޑަށް އެއްލާލުމުން ނޭވާ ހާސްވެ، ފެނު ތެރޭގައިވާއިރު، ޖަނަވާރުތަކުގެ ސަބަބުން ލިބޭ އަނިޔާ އިތުރުވެގެންދާނެ އެވެ.

ރޯމަނުންދޭ ދޭ އެހެން ބޮޑެތި އަދަބުތަކުގެ ތެރޭގައި "ސްކަފިޒަމް" ކިޔާ އަދަބެއް ހިމެނެ އެވެ. މިއީ އެންމެ އަނިޔާވެރި ކަމަށް ބެލެވޭ އަދަބެވެ. މި އަދަބުގައި، ކުށްވެރިޔާއަށް މާމުއި އާއި ކިރު މަޖުބޫރުން ކާންދީ، އަދި ހަށިގަނޑުގައި ވެސް އުނގުޅަ އެވެ. އެއަށްފަހު ފެންގަނޑެއްގައި ބާއްވައި، ދިރޭ ކީޑާ އާއި ފަނިފަކުސާތަކަށް ކާންދެ އެވެ. މިގޮތުން ކުށްވެރިޔާ ދުވަސްތަކެއް ވަންދެން ވޭންދެނިވި ގޮތެއްގައި މަރުވަމުންދާނެ އެވެ.

މި އަދަބަކީ ރޯމަނުންގެ ތާރީހުގައި ބޮޑެތި ކުށްތަކަށް ދެމުން އައި އެއް އަދަބެކެވެ. ނަމަވެސް، މިފަދަ އަނިޔާވެރި އަދަބުތައް މިހާރުގެ ދުނިޔޭގައި ވަނީ މަނާކުރެވިފަ އެވެ.

މިއަދުގެ ގާނޫނީ ނިޒާމުތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރެވި، އަދަބު ދިނުމުގައި އިންސާނިއްޔަތުކަމަށް އިސްކަންދެވެ އެވެ.