އިއްޔެއަކީ މަޝްހޫރު މޮޑެލް ކައިޒީންގެ އުފަން ދުވަހެވެ.

އުފަން ދުވަހާ ދިމާކޮށް ކައިޒީން އަބަދުވެސް ނިކަން ވަރުގަދަ ފޮޓޯ ޝޫޓެއް ޖައްސަ އެވެ. މިފަހަރު އުފަން ދުވަސް ފާހަގަކުރުމަށް ކައިޒީން ހުރީ އާއިލާއާއެކު ދުބާއީގަ އެވެ.

އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ފޮޓޯތައް ކައިޒީންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު ކައިޒީން ފެނުނީ ސިލްވާ ކުލައިގެ އެސްތަކުން ޒަރީކޮށްފައިވާ ހެދުމެއް ލައިގެން ހުއްޓަ އެވެ. ހެދުމުގެ ފޮއްޗާ އެއްގޮތް ފޮތިކޮޅެއް ބޮލުގައި ވެސް އަޅާފައި އޮތެވެ.

މިއީ މަޝްހޫރު ފެޝަން ޑިޒައިނަރު ކަމަށްވާ ރިފްއަތްގެ ޑިޒައިނެކެވެ.

ކައިޒީން ބްރުޖް ހަލީފާގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިލައިގެން/ ފޯޓޯ: އިންސްޓަގްރާމް/ ކައިޒީން

ކައިޒީން އާ ގުޅުވާލައިގެން ކައިޒީންގެ މަންމަ އަދި އާއިލާގެ އެހެން މެންބަރުން ވެސް ތިބީ ސިލްވާ ކުލައިގެ ވިދާ ފޮއްޗަކުން ހުރި ހެދުންތަކެއް ލައިގެން ނިކަން ނަލަ ހެދިގެންނެވެ.

ރެސްޓޯރެންޓްގެ ކުޑަދޮރުން ކައި ބެރު ބަލަހައްޓައިގެން/ ފޮޓޯ: އިންސްޓަގްރާމް/ކައިޒީން

ކައިޒީންގެ އުފަންދުވަހުގެ ކޭކު ފެޅުން އޮތީ ބްރުޖް ހަލީފާގެ 122 ވަނަ ފަންގިފިލާގައި ހުންނަ އެޓްމޮސްފިއާ ގަ އެވެ. މިއީ ދުނިޔޭގެ އެންމެ އުސް ރެސްޓޯރެންޓެވެ.

ކައިޒީންއަށް ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ.