ދަތުގައި ރިހުމަކީ މިހާރަކަށް އައިސް އާއްމު ކަމެކެވެ. ވަކި އުމުރެއް ނެތި ދިމާވާ މި މައްސަލައަށް ގޭގައި ވެސް ފަރުވާ ކުރެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ބޭނުން ކުރެވިދާނެ ބައެއް އެއްޗއްސަށް ބަލާލާނަމެވެ.
މިއީ ގޭގައި ވެސް ވަރަށް ފަސޭހައިން ލިބޭނެ ދަތުގެ ރިހުމަށް އަވަސް ލުއިކަމެއް ލިއްބައިދޭނެ ފަރުވާތަކެއްކަން ސިއްހީ މާހިރުންގެ ދިރާސާތަކުން ވަނީ އެނގިފަ އެވެ.
ލޮނުމެދު
ލޮނުމެދަކީ ވަރަށް ގިނަ ކުދި ބަލިތަކަށް ރަނގަޅު ފަރުވާ އެކެވެ. ދަތުގައި ރިހުން ރަނގަޅު ކުރުމަށް ލޮނު ބޭނުން ކުރުމަށް ލޮނުމެދާއި ލޮނު އަދި އަސޭ މިރުސް ކޮޅެއް އެއްކުރުމަށް ފަހު ރިހޭ ދަތްތަކުގައި އުނގުޅާށެވެ. އަދި ހުސް ލޮނުމެދު ހެފުމުންވެސް ދަތުރު ރިހުމަށް ލުއި ލިބޭނެ އެވެ.
ކަރަންފޫ
އަނގަޔަށް ލައިގެން ކަރަންފުލެއް ހަފާލަ ހަފާލަ އިނަސް ކޮންމެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. ހާއްސަކޮށް ދަތުގެ ނާރުތަކުގައި ހުންނަ ރިހުން ކަރަންފުލުން ކަނޑުވާލާނެ އެވެ. ކަރަންފޫ ބޭނުންކުރެވިދާނެ އިތުރު ގޮތްތަކުގެ ތެރޭގައި ރިހުން ކަނޑުވާ ތެލެއް ކަމަށްވާ ކްލޯވް އޮއިލް ރިހޭ ދަތެއްގައި ހޭކުން ހިމެނެ އެވެ.
ލޮނު ފެނުން އަނގަދޮވުން
ހޫނު ފެނުގައި ލޮނު ގިރައިގެން 30 ސިކުންތު ވަރު އަނގަ ދޮންނާށެވެ. އޭރުން ދަތުގައި އެއްޗެއް ތާށިވެފައި ހުރި ނަމަ ފަސޭހަ ކަމާއި އެކު ނެއްޓޭނެ އެވެ. އަދި ފަސޭހަ ކަމާއި އެކު ދަތާއި ހިރުގައި އުފެދިފައި ހުންނަ އިންފެކްޝަންތައް ފިލާނެ އެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ލޮނު ފެނަކީ ދަތްތަކުގައި ވަރަށް ފަސޭހައިން ހަރުލާނެ ރަހަ އެކެވެ. އޭގެ ސަބަބުން ރިހުމަށް ހަމަލާދީ ތަދު ފިލާނެ އެވެ.