ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރުއަކީ ބޮލީވުޑްގައި މިވަގުތު ހަރަކާތްތެރިވާ އެންމެ މަގުބޫލު އެއް ޖޯޑު ކަމުގައި ބުނެވިދާނެ އެވެ. އެ ދެތަރިން ވަނީ އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
ފިލްމީ ދާއިރާގައި އެކުގައި ކުރި މަސައްކަތްތަކުގެ އިތުރުން އެ ދެތަރިންނަކީ ވަކިވަކިން ވެސް އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ދެ ތަރިންނެވެ. އެހެންކަމުން ދެ ތަރިންނަށް ލިބޭ ކާމިޔާބީއާއި ނާކާމިޔާބީ ވެސް އެކި ފަހަރު ތަފާތުވެ އެވެ.
އެގޮތުން އެ ދެމީހުންގެ ތެރެއިން ކަރީނާ ކަޕޫރުގެ ފިލްމީ ހަޔާތް މާ ކާމިޔާބު ކަމަށް ބެލެވޭއިރު އެކަމުގެ ސަބަބުން ސައިފްގެ ހިތުގައި ހަސަދަވެރިކަން އުފެދިދާނެ ކަމަށް ވެސް މީގެ ކުރިން ބައެއް މީޑިއާތަކުން ތުހުމަތު ކޮށްފައިވެ އެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މީގެ އަހަރުތަކެއް ކުރިން ސައިފް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެފަދަ ވާހަކަތައް ވަރަށް ގިނައިން އިވޭ ކަމަށާއި އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އަހަރުމެން ދެ މީހުންގެ ވެސް ވަކިވަކި ދިރިއުޅުމެއް އޮވޭ. އެކަކަށް ކާމިޔާބު ލިބޭއިރު އަނެކަކަށް ނުލިބިދާނެ. އެއީ އަހަރެން ބަލާ ކަންކަމެއް ނޫން" ސައިފް ބުންޏެވެ.
ސައިފް ބުނީ ދެ ބައިެވރިންކުރެ އެކަކު އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅުމުގެ ކަންކަމާއި ހަރަދުތައް އަނެކަކު އެކަނި ބަލަހައްޓާނަމަ ދެމީހުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދިދާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާއާއި ކަރީނާގެ މެދުގައި ނެތް ކަމަށް ސައިފް ބުންޏެވެ.
ފިލްމު "ޓަޝަން"ގެ ޝޫޓިންގެ ތެރެއިން ލޯބީގެ ގޮތުން ގުޅުނު ސައިފްއާއި ކަރީނާ ކައިވެނިކުރީ 2012 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް މިހާރު ދެ ފިރިހެން ކުދިން ލިބިފައި އެބަ ތިއްބެވެ.