ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އިންޑިއާގައި ޕާކިސްތާނުގެ އެއްވެސް އޮންލައިން ކޮންޓެންޓެއް ދެއްކުން އެ ގައުމުގެ ސަރުކާރުން މަނާ ކޮށްފި އެވެ.
އިންޑިއާގެ ސަރުކާރުން ބުނީ ޕާކިސްތާނުގެ ޕްރޮޕެގެންޑާ ފަތުރަން އެއްވެސް ޖާގައެއް ނެތް ކަމަށާއި އެކަމަށް އޮތް ކުޑަ ނަމަވެސް ފުރުސަތެއް ބަންދު ކުރާނެ ކަމަށެވެ.
މި އަމުރާއެކު އިންޑިއާގެ އެއްވެސް އޯޓީޓީ ޕްލެޓްފޯމެއްގައި ޕާކިސްތާނުގެ އެއްވެސް އުފެއްދުމެއް ދެއްކުމަކީ މަނާ ކަމެކެވެ. އޭގެ ތެރޭގައި ޔޫޓިއުބްއާއި އެ ނޫންވެސް ސްޓްރީމިން ޕްލެޓްފޯމްތައް ހިމެނެ އެވެ.
މީގެ އިތުރުން ވެސް އިންޑިއާއިން ވަނީ ފަވާދު ޚާން، މަހީރާ ޚާން، ހާނިއާ އާމިރު އަދި މާވްރާ ހޮކޭން ފަދަ ޕާކިސްތާނުގެ ނަން މަޝްހޫރު ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ބްލޮކް ކޮށްފަ އެވެ.
އިންޑިއާ ސަރުކާރުގެ މި ނިންމުމަކީ އެގައުމާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެ ދެ ގައުމުން ވެސް ހަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ފަށާފައިވާ އޮޕަރޭޝަން ސިންދޫރު އަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޕާކިސްތާނުގެ ހަތިޔާރު އެޅި ބަޔަކު އިންޑިއާގެ ކަޝްމީރަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ފެށި އޮޕަރޭޝަނެއް ކަމަށް އެގައުމުން ބުނެ އެވެ.
ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން
ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ
ނަޝީދު ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް މާ ފިނި ކަމަށް