ބޮލީވުޑްގައި ހަރަކާތްތެރިވާ ދޭޭދޭ ތަރިންނަކީ އެމީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާދަވެރިކަމާއި ދެބަސްވުންތައް އޮންނަ ތަރިންނެވެ. އޭގެ ތެރެއިން ދެ ތަރިންނަކީ ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާ އެވެ.
އެގޮތުން ދާދި ފަހުން ބޭއްވި ވޭވްސް ސަމިޓުގައި ވެސް ކަރީނާ މިވަނީ ޕްރިޔަންކާއަށް އަމާޒުވާ ފަދަ ގޮތަކަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
ވަކި މީހެއްގެ ނަން ނުބުނެ ކަރީނާ ބުނެފައިވަނީ ބޮލީވުޑްގެ ފިލްމުތަކާއި ލަވަތަކުގައި އެކްޓު ކޮށްގެން އޭނާގެ ހިތްހަމަޖެހޭ ކަމަށެވެ. އެ ދާއިރާގައި މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ އުފަލަކާއި ފަހުރެއް ކަމަށެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ކަރީނާގެ އެ ބަހަކީ މިހާރު ހޮލީވުޑްގައި ހަރަކާތްތެރިވާ ޕްރިޔަންކާ ޗޯޕްރާއަށް ޖެހި ބަހުގެ "އެތި ފަހަރެކެވެ."
ހޮލީވުޑްގެ ފިލްމުތަކުގައި މިހާރު މަސައްކަތްކުރާ ޕްރިޔަންކާ ބޮލީވުޑްގެ ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ 2016 ވަނަ އަހަރު ނުކުތް "ދަ ސްކައި އިޒް ޕިންކް" އިންނެވެ.
ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ މިހާރު ދަނީ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމާއެކު ބޮލީވުޑަށް އެނބުރި އަންނަން ތައްޔާރު ވަމުންނެވެ.