ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެއާއެކު ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

ރާއްޖެ އަށް ސައުދީ އިން 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކޮށްފި
ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް