އިނގިރޭސިވިލާތުގެ އޮކްސްފޯޑްޝަޔާގައި ހުންނަ މޮޓޯރިން އެންޑް އޭވިއޭޝަންގެ އާސާރީ ސަރަހައްދެއް ކަމަށްވާ ބައިސެސްޓާ މޯޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އޮކްސްފޯޑްޝަޔާގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ބުނީ އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގނަޑު ނިއްވުމުގައި 10 މުއައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ވަކިގޮތަކަށް އަންގަންދެން އޮކްސްފޯޑްޝަޔާގައި އުޅޭ ފަރާތްތަކުން ގޭތެރޭގައި ތިބުމަށާއި އެ ސަރަހައްދާއި ކައިރިވުމުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބައިސެސްޓާ މޯޝަންގެ ތަރުޖަމާނު ވިދާޅުވީ މި ހާދިސާ އާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށާއި ހާލަތު ހަމައަކަށް އެޅުމުން މިކަމާ ގުޅޭ ރަސްމީ ބަޔާނެއް ނެރޭނެ ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތެއްކަމަށްވާ ސައިމަން ޖޯންސް ބުނީ އެތަނުގެ އެތެރެއިން އެއްޗެހި ގޮވާ އަޑު އިވޭ ކަމަށާއި އަގުބޮޑު ކާރުފަދަ ތަކެތި ހުންނަ އާސާރީ މިތަނުގެ ހާލަތު އަދިވެސް ވަރަށް ގޯސް ކަމަށެވެ.