ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލުން ގޭންގު ކުށްތަކަށް ހަރުކަށި އަދަބުތަކެއް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލު ތަސްދީގުކުރެވުނީ، އެކަމަށް، ރައީސް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ގާނޫނުގެ ދަށުން، މާރާމާރީ ހިންގައިގެން މީހަކު މަރުވެއްޖެނަމަ، މަރުގެ އަދަބު ނުވަތަ 25 އަހަރަށް ޖަލަށްލުމާއެކު 3 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި މީހަކު ކިޑްނެޕްކޮށްފިނަމަ، 15 އަހަރަށް ޖަލަށްލުމާއެކު 1 މިލިއަނާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
މި ގާނޫނުގައި "އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕު" މާނަކޮށްދީފައިވަނީ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ، ޖިނާއީ ބޮޑެތި ކުށްތައް ކުރުމަށް ގުޅިގެން މަސައްކަތްކުރާ ގްރޫޕުތަކެވެ. މިފަދަ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ.
މީގެ އިތުރުން، ބޮޑެތި ކުށްތަކުގެ ތުހުމަތުގައިވާ މީހުންނަށް ލިބޭ ބައެއް ހައްގުތައް ހަނިކޮށް، ފުލުހުންނަށް އިތުރު ބާރުތަކެއް ދީފައިވެ އެވެ. މިގޮތުން، ބައެއް ހާލަތްތަކުގައި ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް މީހުން ހައްޔަރުކުރެވޭނެ އެވެ.
ރަންވީރުގެ "ދުރަންދަރް" ބޮލީވުޑްގެ ގަދަ 10 އަށް!
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
ޝާހްރުކް ޚާން ބޮލީވުޑުން "ބްރޭކް"އެއް ނަގަނީ!

ތިކަން ކުރާ މީހުން އަތުގަ ތިއަދަދަށް ލާރި ހުންނާނެތަ؟؟؟ ގުރޫޕްގެ އަދަ އެކަކަށް ވުރެ ގިނަވުމައް ބަދަލުކުރުން ފެނެއެވެ