މީހުންގެ މެސެޖުތަކަށް ޖަވާބު ނުދެނީ އިމޯޝަނަލް ވާން ބޭނުން ނުވާތީކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ އެނެކްސް ބިލްޑިންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގުރާމުގެ ތެރެއިން ގިނަ މީހުންނާ ބައްދަލުވެ، އެމީހުން ދިރިއުޅޭ ހާލު ފެނުނު ކަމަށެވެ. އަދި ބައެއް މީހުންގެ ހާލަތު ކިޔައިދިނުމުން އެމީހުންނާއެކު ރޮއިފައި ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ އަޅުގަނޑު ވެށިފަހި މާލެ އަޅުގަނޑު މީހުންނާ އެއްކޮށް ހަމަ ރޮއިފައި ހުންނާނެ އެއްކޮށް ކޮޓަރި ތެރޭގައި މީހުންގެ، ކިޔައިދިނީމާ ހާލަތު ކަންތަކާ، އެހެންވީމާ އަޅުގަނޑު ބޭނުންނުވޭ މިހާރު މިހުރި ސިޗުއޭޝަންގައި މީހުންނާ ބައްދަލުކޮށް މީހުންނާ މިހެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެ އިމޯޝަން ތެރެއަށް އަޅުގަނޑު ވަދެގެން ނަގާ ޑިޒިޝަނަކަށް އިފެކްޓު ކުރާކަށެއް، އެހެންވީމާ އަޅުގަނޑު އެކަން ނުކުރަނީ، މުއްތޮލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މީހުންގެ މެސެޖުތަކަށް މިހާރު ޖަވާބު ނުދެއްވަނީ އިމޯޝަނަލް ވެ، ނިންމާ ނިންމުންތަކަށް އަސަރު ކޮށްފާނެތީ ކަމަށެވެ. މީހުންގެ މެސެޖުތަކަށް ޖަވާބު ނުދެއްވި ނަމަވެސް، އެ މެސެޖުތައް ބަރާބަރަށް ކިޔުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ އިތުރު ލިސްޓެއް ނުނެރެން ނިންމައި، އެމްޑީޕީ ސަރުކާރުން ނެރުނު ލިސްޓުގައި ތިބި ހުރިހާ އެންމެންނަށް ފްލެޓު ދޭން ނިންމި ކަމަށް ވެސް މުއްތަލިބު ހާމަކުރެއްވި އެވެ.