މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައިކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 3:10 އާއި ހިސާބުގަ އެވެ. އެގޮތުން މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝް ރައްޔިތަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންދެވިފައިވެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފަ އެވެ.
މާލެ ސަރަހައްދުގައި ބިދޭސީންނަށް އަމާޒުވާ ހަލަމާތައް މަދުން ނަމަވެސް ހިނގާކަން ފާހަގަކުރެވެ އެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ އެކި އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.