މި ސަރުކާރުން ހެޔޮކުރި ޓެރިފް ރޭޓްގައި ބިލް ހެދުމުން ވެސް މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ލިބިފައިވާ ކަރަންޓް ބިލްގެ ފޮޓޯއަކާއެކު ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ މިދިޔަ އޭޕްރީލް މަހަށް ވުރެ މިދިޔަ މަހުގެ ބިލް ބޮޑު ކަމަށެވެ.
ރައްޔިތުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން ސްޓެލްކޯ އިން މިރޭ ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ.
އާ ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ ދެ ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖެނުއަރީ 2025 ގެ ބިލާއި، އާ ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓްރަމްޕާ ވައްތަރު މީގޮނު ހިމާޔަތްކޮށް ޒުލަށް ލައިފި
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
