ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު އިއުލާނުކޮށްފި އެވެ.
މި ޖަލްސާގެ އެޖެންޑާގައި ހިމެނޭ މުހިންމު އެއް މައްސަލައަކީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކުރުމާ ގުޅޭ މައްސަލަ އެވެ.
މާދަމާގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަބްދުﷲ ހަމީދު އަދި މުހައްމަދު ސަލީމް އައްޔަނުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ނޭޕާލަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސުމުގެ މައްސަލަ އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް މާދަމާގެ އެޖެންޑާގައި ހިމެނެ އެވެ.
މަޖިލީހުގެ ދެވަނަ ދައުރު ފެށުނު ނަމަވެސް، ބޮޑު އީދު ބަންދާ ގުޅިގެން ޖަލްސާތައް މެދުކެނޑުނެވެ. ގަވާއިދުގައި ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު ޖަލްސާ ބާއްވަންޖެހޭއިރު، އެގޮތަށް ޖަލްސާތައް ނުބޭއްވޭތީ ގިނަ ފަރާތްތަކުން ދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެގޮތުން، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީން ސަރުކާރަށް ބޭނުންވާ ވަގުތު އެކަނި ޖަލްސާތައް ބާއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ.
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!
ދެ ހަރަމްފުޅުގައި ކުރެވޭ ކަށު ނަމާދުތަކަށް ގޮވާލެވޭ 4 ގޮތް!
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
