ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހިމެނޭ މުދާ ކްލިއާ ކުރަން އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހާ ފުލުހުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާ ދޫކޮށްލީ މަސްތުވާތަކެތި އެތެރެކުރި ފަރާތްތަކާ އޭނާއާ ދެމެދު ގުޅުމެއް އޮތްކަން ތަހުގީގަށް ފާހަގަނުވާތީ އެވެ. މި މައްސަލައިގައި އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރެވުނީ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތީ ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ފޮރުވާފައި ހުރި 18.62 ކިލޯގެ ކެނަބިނޮއިޑްސް އެވެ.
މި ތަކެތީގެ މަގުމަތީގެ އަގަކީ 26 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ، ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުން ބޯޑަރު ބެލެހެއްޓުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
އިޒްރޭލް މައްސަލާގައި އެމެރިކާއިން މެލޭޝިޔާގެ ސަފީރު ހާޒިރުކޮށްފި
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ
