ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
މި ހާދިސާގައި ގެއްލިފައިވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރަކާއި ހުދު ކުލައިގެ މާސްކެއްކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާ ރިޕޯޓްކޮށްފައިވަނީ 10:02 ހާއިރު ކަަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ޝާހްރުކް، ސަލްމާން އަދި އާމިރު އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ!
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
ފިޔޯރީ އެމްޓީސީސީގެ މުވައްޒަފެއް އިހަވަންދުއަށް ބަދަލުކޮށްފި