ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަޙީދުގެ ބަންދު މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.
މި މައްސަލައިގެ އަޑުއެހުން ފެށުނީ މިއަދު ހެނދުނު 9:00 ގަ އެވެ. ޝަމްއާން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި، އެ މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި މާރިޗު 20 ވަނަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ.
އެއަށްފަހު، ކޯޓު އަމުރަކާ އެކު ފުލުހުން ވަނީ ޝަމްއާން ހައްޔަރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އެޕްރީލް 6 ގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި އެވެ.
މި އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ އަމުރު ބާތިލުކުރެވެން ނެތްކަމަށް ނިންމާފަ އެވެ. މި މައްސަލައިގައި ޝަމްއާނާއި އިތުރު ފަރާތްތަކަކަށް ދައުވާ އުފުލުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.

އެމެރިކާއަށް އެތެރެކުރާ މުދަލުން %10ގެ ޓެރިފެއް ނަގަނީ
"މުއިއްޒަށް ވެރިކަން ދިނީ ގައުމަށް ހިތުހުރިގޮތެއް ހަދާކަށް ނޫން"
"އިޖުތިމާއީ އަދާލަތަކީ ހަމަހަމަ މުޖުތަމައަކަށް މަގުދައްކާ އަސާސް"
