މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފާނެ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތާރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި ސްޓޭކްހޯލްޑަރުންނާއި ޕާޓްނަރުން ގުޅިގެން މެދުއިރުމަތީގެ ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
މި ހާލަތުގައި ގެއްލުންވި ފަރާތްތަކަށް ތައުޒިޔާ ވިދާޅުވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އެއްވެސް ބުރޫއެރުމެއް ނެތި ހިންގުމާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސަލާމަތްތެރިކަމަކީ އެންމެ އިސްކަން ދެއްވާ ކަންތައްތައް ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އީރާނުގެ 3 ނިއުކްލިއާ މަރުކަޒަކަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން އޭގެ ރައްދެއްގެ ގޮތުގައި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ވަނީ ހަމަލާ ދީފަ އެވެ.
އެއާއެކު ގަތަރުގެ ގަތަރާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ރޭގައި ވަގުތީ ގޮތުން ބަންދުވެސް ކޮށްފަ އެވެ. މިއާއެކު ރާއްޖެއިން ފުރި ގަތަރު އެއާވޭސް ފްލައިޓެއް ޑައިވާޓް ވެސް ކުރި ކަމަށްވެ އެވެ.

48 ގަޑިއިރުގެ ތެރޭގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކޮށްފި
ކާކަށް ފޮނުވާ ތައުޒިޔާއެއް!!! ތަންކޮޅެއް ސާފުކޮށް ކެރިހުރެގެން ބުނަން ނުކެރެންޏާ ފާޑުފާޑުގެ ޕޯސްޓުތައް ނުލިޔާނީ!!!