ދިގު 24 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ޓޮމް ކްރޫޒްއާއި ބްރެޑް ޕިޓް އެކުގައި ފެނިގެން ހިނގައްޖެ އެވެ.

ޓޮމްއާއި ބްރެޑް އެކުގައި ފެނިގެންދިޔައީ އިނގިރޭސިވިލާތުގެ ލަންޑަނުގައި އޮތް ބްރެޑްގެ އެންމެ ފަހުގެ ފިލްމު، އެފް1ގެ ޕްރިމިއާ ހަފްލާގެ ތެރެއިންނެވެ.

އެ ދެމީހުން ބައްދަލުވެ އެކުގައި ވާހަކަ ދައްކައި ވަގުުތު ކޮޅެއް ހޭދަކޮށްފައިވާއިރު އެ މަންޒަރުތައް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ.

ޓޮމް ވަނީ އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރަމުން އެކުވެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު ކަމަށް ބުނެފަ އެވެ.

ޓޮމްއާއި ބްރެޑް އެކުގައި ފެނިލުމާއެކު އެ ދެމީހުން އެކުގައި ފެނިގެންދިޔަ 1997 ވަނަ އަހަރުގެ ފިލްމު "އިންޓަވިއު ވިތު އަ ވެމްޕައާ"ގެ ވާހަކަތައް ވަނީ ގަދަވެފަ އެވެ.

އެއާއެކު ޓޮމްއާއި ބްރެޑް އެކުގައި އަލުން ފިލްމެއް ކުޅުމަށް ވެސް ބައެއް ސަޕޯޯޓަރުން އަންނަނީ އެ ދެ މީހުންގެ ކިބައިން އެދެމުންނެވެ.