ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭގެ ސަބަބުން ބޮޑެތި އަލާމާތްތައް ތަހައްމަލު ކުރަމުންދާ މީހުން ރޯދަ ހިފުން ރަނގަޅު ނޫން ކަމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި މަސައްކަތްކުރާ ނޭވާލާ ނިޒާމުގެ ޑޮކްޓަރެއް ބުނެފި އެވެ.

ދުނިޔޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު، ބަލިޖެހި ފަސޭހަވިކަމަށް ވިޔަސް ބަލީގެ އަސަރު ދިގު މުއްދަތަކަށް ނޭވާލާ ނިޒާމަށްކުރާ ބަލި މީހުން ދަނީ ގިނަވަމުންނެވެ.

އަރަބި މުސްލި ގައުމުގައި މަސައްކަތްކުރާ ޕުލްމޮނޮލޮޖިސްޓް ޑރ. މުޙައްމަދު ހާރިސް ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިވާން ޖެހުނު މީހުން މި އަހަރުގެ ރޯދަމަހު ރޯދަ ހިފުމުގައި އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އެއީ އެ މީހުންގެ ދިފާއީ ނިޒާމް ދެރަވެފައި، އަވަހަށް ކަރުހިއްކުމުގެ ފުރުސަތު ބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޑޮކްޓަރު ފާހަގަ ކުރެއްވި ގޮތުގައި ސިއްހަތު ރަނގަޅުކޮށް ތިބި މީހުން ރޯދަހިފުމަކީ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ކަމެކެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ރައްކާތެރިކަރުގެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ ރަމަޟާން މަހުގައި ވެސް މުހިއްމު ކަމެއް ކަމަށް ހާރިސް ވިދާޅުވި އެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށެން ދެ ދުވަހަށް ވެފައިވާއިރު ޔޫއޭއީ، ސައުދީ އަރަބިއާ ފަދަ ބޮޑެތި ގައުމުތަކުން ކޭސްތައް ފެންނަ އަދަދު ދަނީ އިތުރުވަމުންނެވެ.