ސިންގަޕޫރު (09 އޭޕްރީލް) ސިންގަޕޫރު ސަރުކާރުގެ އިސް މަގާމުތަކަކީ ޒަމާނުއްސުރެ ޕްރޮމޯޝަން އުސޫލުން ސަރުކާރުގެ ޚިދުމަތްތެރިންނަށް ލިބެމުން އަންނަ މަގާމު ތަކެކެވެ.

ނަމަވެސް ބޮޑު ވަޒީރުކަމުގެ މަގާމަށް އައްޔަން ކުރަން ކަނޑައެޅިފައިވާ މާލީ ވަޒީރު އަދި ބޮޑު ވަޒީރުގެ ނައިބު ހެންގް ސްވީ ކީޓް އޭނާގެ ނަން އަނބުރާ ގެންދިއުމާއެކު ދެން އެ މަގާމު ފުރާނެ ފަރާތަކާމެދު ސިންގްޕޫރުގެ ސިޔާސީ މަސްރަޙުގައި ސުވާލު އުފެދިއްޖެ އެވެ.

ނަން އަނބުރާ ގެންދަވަމުން ހެންގް ވިދާޅުވީ ބޭނުންވަނީ ޒުވާނުންނަށް ފުރުސަތު ދޭން ކަމަށާއި ބޮޑު ވަޒީރު ކަމާ ހަވާލުވާން ޖެހޭއިރު އޭނާގެ އުމުރުން ދުވަސްވެފައި ވާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކަކާ އެކުވެސް ކޮވިޑް-19ގެ ސަބަބުން ސިންގަޕޫރުގެ އިގުތިސާދު ވަނީ ފުން އަނދަވަޅަކަށް ވެއްޓިފަ އެވެ. އުމުރުން ދުވަސްވީ މީހުންގެ ބޮޑު އާބާދީއެއް އޮންނަ ސިންގަޕޫރު ސަރުކާރުގައި މެޖޯރިޓީ ހިއްސާ ކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ހަރު މީހުންނެވެ.

ހެންގް ސްވީ ކީޓްގެ މި ނިންމުމާއެކު ސިންގަޕޫރު ސަރުކާރު ލީޑަރުންގެ ހަތަރުވަނަ ޖީލުގެ ތެރެއިން ބޮޑު ވަޒީރު ކަމުގެ މަގާމަށް ގާބިލް ކެނޑިޑޭޓަކު ޚިޔާރު ކުރުމަށްފަހު ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީގެ މެމްބަރުންގެ ވޯޓަކުން ބޮޑު ވަޒީރު ކަމުގެ މަގާމް ހަވާލު ކުރަން ޖެހެ އެވެ. -- އަލް އަރަބިއާ