ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.
މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:45 އިން ފެށިގެން މިއަދު ހަވީރު 15:45 އާ ހަމައަށެވެ.
މިގޮތުން މޫސުމާ ބެހޭ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގަޑިަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މިއާއެކު މޫސުމާ ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
160 ފަހި ފްލެޓް ހިފަހައްޓައި، ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހަނީ
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ކުއްލި މައްސަލައެއް
ސަމާލުވޭ! އެނާޖީ ބުއިންތަކުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ!