ނ.ކުޑަރަށް ކައިރިން ފަރަށް ދޯންޏެއްގައި ތިބި ބަޔަކު އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ.
ފަރަށް އަރާފައިވަނީ ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދިޔަ "ގުރުވަ 1" ނަމަކަށްކިޔާ ދޯންޏެކެވެ.
އެމްއެންޑީއެފުން ބުނީ ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ އޮގަސްޓް 1 ވަނަ ދުވަހުގެ 23:24 ހާއިރު ކަމަށެވެ.
ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާކްރާފްޓް އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާފަައިވާކަމަށާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ އެންމެންގެ ވެސް ހާލު ރަނގަޅެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް: އީރާން
ޔާމީން ގޭގައި ހުންނެވުމަކީ ގައުމު ލަދުވެތިވާންޖެހޭ ކަމެއް: ފަލާހު
އާ ކަލެކްޝަންއާއެކު "ހައުސް އޮފް ނަދާ"އަށް ކޮޕީރައިޓްގެ ތުހުމަތު!