ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން މިއަދު މެންދުރުފަހު 13:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މި ސަރަހައްދުގެ އިތުރުން، އެ އިދާރާއިން ވަނީ މިއަދު ހެނދުނު 7:30 އިން މިއަދު މެންދުރުފަހު 13:30 އާ ހަމައަށް އއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ.
މިގޮތުން މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދެ އެވެ

ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލަ ބަލައެއް ނުގަތް!
ރޯވި ގެއިން މީހުން ނެރެން ވަންނަން ޖެހުނީ ފާރު ތަޅާލައިގެން