ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، އެރަށުގެ ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، އެ ސަރަހައްދުގައި ހުރި މަގު ބައްތި ހޮޅިދަނޑީގައި ޖެހި އެކްސިޑެންޓް ހިިނގާފައިވާ މައްސަލަ ރޭ 2:40 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވާފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ ނިޔާވެފައިވާކަމަށް ރޭ 3:38 އެހާކަންހާއިރު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބޮޑުކަންނެލީގެ މަސްވެރިން މުޒާހަރާއަށް ނުކުތުމުން ވައުދު ފުއްދަނީ
ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް އެއްބަސްވުމެއް
60 ކްރޯޑް ރުޕީސް ދައްކަން ޝިލްޕާގެ ދެމަފިރިންނަށް އަންގައިފި